މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އޮފީހުގެ އަމިއްލަ އިސްނެގުމަށް ހާމަކުރާ މަޢުލޫމާތު

22 ޖުލައި 2026

އަޕްޑޭޓް ކުރެވުނީ: 10 އޯގަސްޓު 2026

ނަން އައިމިނަތު ސުނީތާ މަގާމް ސީނިއަރ އެސޯސިއޭޓް ފޯން ނަންބަރު 9666235 އީމެއިލް [email protected]
މި ކޯޕަރެޝަނުން ބަލަހައްޓާ މަޢުލޫމާތެއް ހޯދުމަށް އެދުމުގައި އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް ޢަމަލުކުރެވިދާނާނެއެވެ.
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދި ހުށަހެޅިދާނެއެވެ.
  • މި ކޯޕަރޭޝަނަށް ފޯނުން ގުޅައިގެންނާއި، ސިޓީން، އީމެއިލް އަދި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށްވެސް މައުލޫމާތަށް އެދި ހުށަހެޅިދާނެއެވެ.

މަޢުލޫމާތަށް އެދޭ ފޯމް ސްޓެޓިސްޓިކްސް ބަލާލުމަށް
ކޯޕަރޭޝަންގެ ސްޓްރެޓެޖީ ޕްލޭންގައި ރައްޔިތުންނާ ގުޅުންހުރި ސްޓްރެޖީތަކަށް އަލިއަޅުވައިލައިފައިވާނެއެވެ.
ކޯޕަރޭޝަންގެ ސްޓްރެޓެޖީ ޕްލޭން ބަލާލުމަށް މަޝްރޫޢުތައް ބަލާލުމަށް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ހިންގަނީ ދައުލަތުގެ ކުންފުނިތަކަށް (އެސް.އޯ.އީ) ކަނޑައަޅާފައިވާ ގާނޫނީ އަދި ގަވާއިދުގެ އޮނިގަނޑުގެ ތެރެއިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީ.ސީ.ބީ) ސީދާ ބެލެހެއްޓުމުގެ ދަށުންނެވެ. މި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން، ކުންފުނީގެ ކަންކަން ހާމަކަން ބޮޑުކުރުމާއި، ޒިންމާދާރުވުމާއި އަދި ކޯޕަރޭޓް ގަވަރނަންސްގެ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ޕީ.ސީ.ބީއަށް ހުށަހަޅަންޖެހޭ އެންމެހައި ރިޕޯޓުތައް އާރު.ޑީ.ސީން ގެންދަނީ ހުށަހަޅަމުންނެވެ.
އިދާޜާ ޒިންމާދާރު ކުރުވާނީ ކުންފުނިތައް ރެގިއުލޭޓްކުރާ އިދާރާއިންނެވެ.
ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން ނުވަތަ އީމެއިލް ނުވަތަ މި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅެޅިދާނެއެވެ.
ޝަކުވާ ހުށައެޅުމަށް
މި އިދާރާގެ ޝަކުވާ ބަލާ ނިޒާމުގެ ދަށުން މިހާތަނަށް އަދި އެއްވެސް ޝަކުވާއެއް ހުށަހެޅިފައެއްނުވެއެވެ.
  • އޮފީހަށް އަންނަ ހުރިހާ ލިޔުމެއްވެސް އެންޓްރީ ކުރުމަށް ފަހު ފޮނުވަންޖެހޭ ޑިޕަރޓްމަންޓް ތަކަށް ފޮނުވުމަށްފަހު ފައިލު ކުރެވޭނެވެއެވެ.
  • އަދި ހުރިހާ ޑޮކިޔުމަންޓް ތަކުގެ ސްކޭން އެންޓްރީ ފޯލްޑަރ ގައި ރައްކާކުރެވޭނެވެ.
  • ކުންފުނީގެ މެންޑޭޓްގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ލިޔެކިޔުންތައް.
  • އިދާރީ ހިންގުމާގުޅޭ ލިޔެކިޔުންތައް.
  • ފައިސާގެ މުޢާމަލަތްތަކާގުޅޭ ލިޔެކިޔުންތައް.
  • ކުންފުނިން ހޯދާ ޚިދުމަތްތަކާއި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ލިޔެކިޔުންތައް.
  • މުވައްޒަފުންނާގުޅޭ ލިޔެކިޔުންތައް.
  • ކޯޕަރޭޝަންގެ އެކިއެކު ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކާ ގުޅުންހުރި ލިޔެކިޔުންތައް.
މިކުންފުނިން ކުރާ މަސައްކަތްތަކާ ގުޅިގެން ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން ނުވަތަ އީމެއިލް ނުވަތަ މި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެއެވެ. މިގޮތުން ވެބްސައިޓް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ.
ޚިޔާލު ހުށަހެޅުމަށް